ވަޒީފާތަކުން މީހުން ވަކިކުރުން އެމްޑީޕީން ކުށްވެރިކޮށްފި

ޝާހިދު އިންޓަވިއު އެއް ދެއްވަނީ

ސަރުކާރުން އެއްފަހަރާ ވަޒީފާތަކުން ކަނޑަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައިވޭ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންތަކެއް އެއްފަހަރާ ވަޒީފާތަކުން ވަކިކުރުން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާއަދާކުރާ ގިނަ ރައްޔިތުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްފަހަރާ ވަޒީފާތަކުން ކަނޑަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ޕާޓީން ވަނީ އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލައިފައެވެ.

ގައުމުގެ މާލީ ހާލަތު ގޯސްވެފައިވާ މި ވަގުތު އެތަކެއް އާއިލާތަކެއްގެ އާމްދަނީ ހުއްޓުވާލައި އެ އާއިލާތައް ހާލުގައި ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެޕާޓީން ބުނެފައިވެއެވެ. އާދައިގެ މުވައްޒަފުން ކަނޑާލާއިރު މަތީ ފަންތީގެ މުވައްޒަފުންގެ އަދަދު އިތުރުވަމުންދާކަމަށްވެސް ބަޔާނުގައި އެޕާޓީން ބުންޏެވެ. އަދި ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންނަށް ސިއްރުކޮށްފައިވީ ނަމަވެސް އެ އަދަދު މިހާރު 2،000 އާއި ގާތްކުރާނެ ކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

އެމްޑީޕީން ވަނީ ވަޒީފާތަކުން ވަކިކުރަމުންދާ ފަރާތްތަކުގެ ހައްގުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުގައި އެ ޕާޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށްވެސް ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.