ވަޒީރު އާދަމް ޝަރީފް ޢުމަރު
ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަން އެ މަނިކުފާނު ޔަޤީންކުރައްވަވާ ކަމުގައި
ހުރިހާ ފަރާތްތަކުންވެސް ލާމަރުކަޒީ ނިޒާމަށް އިހްތިރާމްކޮށް ލާމަރުކަޒީ ނިޒާމަށް އިތުރަށް އަހްލުވެރިވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
"ކައުންސިލްތައް ބާރުވެރި ކުރުވައި އެ ތަންތަނަކީ ރައްޔިތުން ބަލައިގަންނަ ދަޢުލަތުގެ މުއައްސަސާތަކުން އިޙްތިރާމްކުރާ ތަންތަން ކަމުގައި ހެދުމަށް ކުރާ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށް ގެންދާނަން" މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.
ވަޒީރު އާދަމް ޝަރީފު އުމަރު އިތުރަށް އެދިވަޑައިގެންނެވީ ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމައަށް ޕްރެކްސްޓިސް ކުރުމުގައި ސިޓީކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، އަދި ރަށު ކައުންސިލްތަކުގެ މެންބަރުންނަކީ ރަށްތައް ތަމްސީލުކުރައްވާ އިސް ފަރާތްތައް ކަމަށް ޤަބޫލްކުރައްވަން ޖެހިވަޑައިގެންނަވައި ކަމަށް، އެހެންކަމުން ހުރިހައި ބޭފުޅުން ވެސް ލާމަރުކަޒީ ނިޒާމަށް އިހްތިރާމްކޮށް އިތުރަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަން އެ މަނިކުފާނު ޔަޤީންކުރައްވަވާ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ މާލޭ ސީޓީކައުންސިލްގެ މޭޔަރާއި، ސިޓީކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލު ކުރައްވައި މާލެ ސިޓީއަށް ދިމާވެފައިވާ ދަތި ކަންކަން އޮޅުންފިލުވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ސިޓީސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް