ބިދޭސީންގެ ބައޯމެޓްރިކްސް ރެޖިސްޓްރީކުރަން ވަޒީފާ ދޭ ފަރާތްތަކަށް އަންގައިފި

ބިދޭސީންނަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި

ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.

އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފަވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގައި މަސައްކަތުގައި ބިދޭސީންގެ މަޢުލޫމާތާއި، ފިންގަޕްރިންޓް އަދި ފޮޓޯ އަޕްޑޭޓުކުރުމަށް އަންގާކަމަށެވެ. ވުޒާރާއިން ކަނޑައަޅާފަވާގޮތަށް މަރޗްމަހުގެ 15 ދުވަހުގެ ކުރިން އެ މަޢުލޫމާތުތައް އަދާހަމަކުރުމަކީ، ވަޒީފާ ދޭ ފަރާތްތަކުގެ ޒިންމައެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމާ، އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޒުކުރުމަށް އެކުލަވާލާފަވާ ކަންކަން ވިލަރެސްކޮށް ކޯޑިނޭޓްކުރަމުންދަނީ، އެންސީއައިޓީގައި މި އޮޕަރޭޝަނަށް ޚާއްސަކޮށް ޤާއިމުކޮށްފަވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރއިންނެވެ. ސެންޓަރުގެ ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށް ދެމުންދާނެއެވެ.

ވުޒާރާގެ އެންގުމާ ޚިލާފަށް، ކަނޑައަޅާފައިވާ މުއްދަތުގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން، އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެކަމަށްވެސް ދާޚިލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ބިދޭސީންނާ ގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް މުޅި ރާއްޖޭގައި ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ޖެނުއަރީ މަސް ނިމިގެންދިޔައިރު، 25000 އަށްވުރެ ގިނަ ބިދޭސީންގެ ބައޯމެޓްރިކްސް ހިމެނޭ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. މާލެ ސަރަޙައްދުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގެދަށުން މިހާތަނަށްވަނީީ، މި ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީން މުދައްރިސުންނާ އަދި ބްރިޖްގެ މަސައްކަތްކުރާ އެފްކޮން ސައިޓްގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު ނަގާފައެވެ. އެއީ 1400 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.