ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ދާއިރާގެ މެންބަރު މޭޔަރާއެކު މަޝްވަރާކޮއްފި

ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ވިލިމާލޭ ރައްޔިތުންގެ އެކިއެކި ކަންބޮޑުވުންތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމްއާއެކު ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، ވިލިމާލޭ މަސްވެރިންގެ އެންމެ ބޮޑު ދެ ކަންބޮޑުވުން ހިމެނެއެވެ. އެގޮތުން، ވިލިމާލޭ ރައްވެހިންގެ އޮޑިދޯނިފަހަރާއި ޑިންގީފަދަ އުޅަނދުތަކުން ނަގާ ފަތްތިޔަލުގެ ފީ ކުޑަކޮށް، އޮޑިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި، އެސްޓީއޯ މެދުވެރިކޮށް ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ހަމަޖެހިފައިވާ ޕެޓްރޯލްޝެޑް އެޅުމުގެ ބިން ހަވާލުކުރުން އަވަސްކުރުމުގެ މައްސަލަ ހިމެނެއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ވިލިމާލެއިން 24,000 އަކަފޫޓުގެ ބިމެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުންނާއި، ވިލިމާލޭގައި މަސްމާރުކޭޓެއްގެ ޚިދުމަތް ޤާއިމުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި މޭޔަރ އާދަމް އާޒިމް ވިދާޅުވި ގޮތުގައި، "ކުޑަ ލަސްވުމެއް މާޒީގައި ދިމާވިކަމުގައި ވީނަމަވެސް، މިހާރު މަޝްވަރާކުރެވުނު ކަންކަމުގެ ތެރެއިން ޕެޓްރޯލްޝެޑްގެ ބިން ވަނީ ކައުންސިލުން ފާސްކޮށް އެސްޓީއޯއާ ހަވާލުކުރުމުގެ މަގުމަތީގައި" ކަމަށެވެ. އަދި ދެން ހުރި ބިންތަކުގެ ކަންކަންވެސް ލަސްތަކެއްނުވެ ނިމިގެންދާނެ ކަމަށާއި، ރައްޔިތުންނާ ގުޅުންހުރި ހުރިހާ ކަމެއްގައި ސަރުކާރާ ގުޅިގެން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.