ސުލްޙައާއި ސަލާމަތާ ގުޅޭ މަޝްވަރާ ބައްދަލުވުން ދިފާޢީ ވަޒީރު އިފްތިތާޙްކޮށްދެއްވައިފި

ބައްދަލުވުމުގެ ތެރެއިން

ޔުނައިޓެޑް ފޮރ އަ ޕީސްފުލް އެންޑް ރެސިލިއަންޓް މޯލްޑިވްސް" ޝިޢާރުގެ ދަށުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެ

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އިންތިޒާމްކޮށްގެން ބާއްވާ، ކަމާގުޅޭ އިދާރާތަކުގެ އިސް ފަރާތްތައް ބައިވެރިވާ ސުލްޙައާއި ސަލާމަތާ ގުޅޭ މަޝްވަރާ ބައްދަލުވުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އިފްތިތާޙްކޮށްދެއްވައިފިއެވެ.

"ޔުނައިޓެޑް ފޮރ އަ ޕީސްފުލް އެންޑް ރެސިލިއަންޓް މޯލްޑިވްސް" ޝިޢާރުގެ ދަށުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި މަޝްވަރާކުރާނެ މައިގަނޑު ކަންތައްތަކަކީ، ކައުންޓަރ ޓެރަރިޒަމްއާ ގުޅޭ އިސްތިރާޖީތައް އެކުލަވާލުމަށް ޚިޔާލާއި މަޝްވަރާ ޙިއްސާކުރުމާއި، ޙައްލު ހޯދުމަށް އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމާ އަދި ހައްދުފަހަނަ އެޅުމާ ދެކޮޅަށް މަސައްކަތްކުރާނެ ވިލުނުވެރި މުޖުތަމަޢެއް ބިނާކުރުމަށް، ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުންނެވެ.

މި މަޝްވަރާތައް ފެށުމުގެ ގޮތުން ބޭއްވި އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުޢާޛު ޙަލީމާއި، މިނިސްޓަރ އޮފް ޑިފެންސްގެ ނާއިބު ފާޠިމަތު މިޒްނާ ޢަލީގެ އިތުރުން ކަމާގުޅޭ ދާއިރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.