މޮޅަކާއެކު މެންޗެސްޓަރ ޔުނައިޓެޑުން ނިންމާލީ ކްލަބްގެ ތާރީޚުގައި އެންމެ ނަތީޖާ ދަށް ލީގު

މޮޅަކާއެކު މެންޗެސްޓަރ ޔުނައިޓެޑުން ނިންމާލީ ކްލަބްގެ ތާރީޚުގައި އެންމެ ނަތީޖާ ދަށް ލީގު

މޮޅަކާއެކު މެންޗެސްޓަރ ޔުނައިޓެޑުން އެކްލަބްގެ ތާރީޚުގައި އެންމެ ނަތީޖާ ދަށް ލީގު ނިންމާލައިފި އެވެ.

ފަހު މެޗުގައި ބްރައިޓަން އަތުން މޮޅުވިޔަސް ޔުނައިޓެޑުން ލީގު ނިންމާލީ ތާވަލްގެ 8 ވަނައިގަ އެވެ. މިއީ 1989-1990 ވަނަ އަހަރުގެ ސީޒަންގެ ފަހުން އެކްލަބްގެ އެންމެ ދަށް ނަތީޖާ އެވެ. އެރިކް ޓެން ހާގުގެ އިރުޝާދުގެ ދަށުން ލީގުގެ 7 ވަނަ ޓީމްގެ ގޮތުގައި ޔުއެފާގެ މުބާރާތެއްގެ ވާދަކުރުމުގެ ފުރުޞަތު ވެސް ޔުނައިޓެޑަށް ނުލިބުނެވެ. ހަތްވަނަ ޓީމްގެ ގޮތުގައި އެފުރުޞަތު ހޯދީ ނިއުކާސަލް ޔުނައިޓެޑެވެ. އެއީ 4-2 ން ބްރެންޓްފޯޑް ބަލިކޮށްގެންނެވެ. ޔުނައިޓެޑަށް ފުރުޞަތު އޮތީ މޮޅުވުމާއެކު ނިއުކާސަލް ބަލިވެގެންނެވެ. އެކަމަކު ހޮނިހިރު ދުވަހު އެފްއޭކަޕް ފައިނަލްގައި މެންޗެސްޓަރ ސިޓީ ބަލިކޮށްގެން ޔޫރޮޕާ ލީގުން ޖާގަ ހޯދުމުގެ ފުރުޞަތު މެންޗެސްޓަރ ޔުނައިޓެޑަށް އަދި އެބައޮތެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ލީގުގެ ފަހު މެޗު ކާމިޔާބުކުރީ ބްރައިޓަންއާ ވާދަކޮށް 2-0 ނެވެ. ޔުނައިޓެޑްގެ ދެ ލަނޑު ދެވަނަ ހާފްގައި ޖެހީ ޑަލޮޓް އާއި ހޮއިލުންޑް އެވެ. ބްރައިޓަން ލީގު ނިންމާލީ 11 ވަނައިގަ އެވެ. ޔުނައިޓެޑް އަތުން ބަލިވި މެޗަކީ އެޓީމްގެ ކޯޗު ރޮބާޓޯ ޑި ޒާބީ އެކްލަބަށް އިރުޝާދު ދިން ފަހު މެޗެވެ. ކޯޗަށް އުފާވެރި ފެއަރވެލްއެއް ހޯދައިދޭން މެޗުން މޮޅުވާނެ ފުރުޞަތު ލިބުނަސް ފުރުޞަތުތަކުގެ ބޭނުން ނުކުރެވުނީ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.