ބަހުސްކުރާނެ މެންބަރުން ނެތިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރުކޮށްލައިފި

މަޖްލިސް ތަޅުން

ދެން އޮންނާނީ ވޯޓަށް އެހުން

ފަންސާސް މެންބަރުން ޙާޒިރުރުވެ ތިއްބެވި ނަމަވެސް ބަހުސްކުރާނެ މެންބަރުން ނެތިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރުކޮށްލައިފިއެވެ.

މިއަދު އޮތީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 23 ވަނަ ޖަލްސާއެވެ. މިއަދުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ.އަލީ ހައިދަރާއި ސުވާލު ކުރައްވަން ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް އާއިލީ ކަމެއް ދިމާވެ ވަޒީރު ޑރ. ހައިދަރުއަށް މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވެން ނެތްކަން މަޖިލީހަށް ވަނީ އަންގާފައެވެ.

މީގެއިތުރުން ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ އންޝުއަރެންސް ބިލުގެ ފުރަތަމަ ކިޔުން އިއްވުން މިއަދު އޮތެވެ. މި ބިލަށް ބަހުސް ކުރެއްވުމަށް އެއްވެސް މެންބަރަކު އެދިވަޑައިގެންފައި ނުވެއެވެ.

އޭގެ ފަހުން އެޖެންޑާގައި އޮތީ މާލިއްޔަތު ކޮމިޓީން ދިރާސާކުރި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އޮޑިޓް ރިޕޯޓުތަކާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް ނިންމިގޮތް ތަޅުމަށް ހުށަހެޅުމާއި ބަހުސް ކުރުމެވެ. ނަމަވެސް މި ރިޕޯޓަށްވެސް ބަހުސްކުރައްވަން އެއްވެސް މެންބަރަކު ބޭނުންފުޅު ނުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.