ހަރުގެ ޖަލްސާގައި މުޙައްމަދު އިސްމާއިލް ވާހަކަފުޅު ދައްކަވަނީ
ގައުމު އަމާން އޮމާން ބާއްވަން ބޭނުން ނަމަ 2028 ގެ ރިޔާސީ އިންތިޚާބު ވެސް ރައީސް ޑރ. މުއިއްޒަށް ކާމިޔާބުކޮށްދޭން މަސައްކަތްކޮއްދިނުމަށް އެދިވަޑައިގެންނެވި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދަ ގައުމު ދެކެ ލޯބިވާ، ހިތް ސާފު ރައީސަކު ފެނިވައިނުގަންނަވާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލު ވިދާޅުވެއްޖެއެވެ.
"މިހާ ހިތް ސާފު މިހާ ގައުމުދެކެ ލޯބިވާ ރައީސަކު އަޅުގަނޑު ހަމަ ޔަގީނުން ވެސް ނުދެކެން. އަޅުގަނޑު މަސައްކަތް ކޮއްފިން ޔާމީން އަރިހުގައި، ތަސްމީނު އަރިހުގައި މަސައްކަތް ކޮއްފިން، ގާސިމާއި އެއްކޮށް ވެސް ކޮންމެ ވެސް ވަރެއްގެ ގާތް ގުޅުމަކާއި އެކު މަސައްކަތް ކޮށްފިން. މި ދަންނަވަނީ އަޅުގަނޑު ނުދެކެމޭ މި ވަރުގެ ގައުމީ ވަންތަ ލޯބި ހުރި، ރައްޔިތުންނަށް ހެވާއި ލާބަޔަށް ވިސްނުމުގެ ތެރޭން މަސައްކަތް ކުރާ ވެރިއަކު ޑރ. މުޢިއްޒު ފިޔަވާ އަޅުނގަޑު ނުދެކެން" މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މުޙައްމަދު އިސްމާއިލްގެ ވާހަކަފުޅުގައި ކުރިޔަށް މި އޮތް 5 އަހަރު އަމާންކަމާއި އޮމާންކަމާއިއެކު ގެންދިޔުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަތެވެ. އަދި ގައުމު އަމާން އޮމާން ބާއްވަން ބޭނުން ނަމަ 2028 ގެ ރިޔާސީ އިންތިޚާބު ވެސް ރައީސް ޑރ. މުއިއްޒަށް ކާމިޔާބުކޮށްދޭން މަސައްކަތްކޮއްދިނުމަށް މުޙައްމަދު އިސްމާއިލް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. މީގެ އިތުރުން ރައްޔިތުން ހިތްހަމަޖެހޭ ފަދަ އިގްތިސާދެއް ގެނެސްދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަން ގެނެސްދެވޭނީ ރައީސް ޑރ. މުޢިއްޒުއަށް ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަންވީ 2028 ވެސް ޑރ. މުޢިއްޒަށް ހޯދައި ދެވޭތޯ، އޭރުން މި ގައުމުގެ އަމާންކަން އޮންނާނީ. އޭރުން މި ގައުމު ތަރައްގީވާނީ، އޭރުން މި ގައުމުގެ އިގްތިސާދު ރަނގަޅުވާނީ، އޭރުން މި ގައުމަށް ދުޅަހެޔޮ މުސްތަގުބަލެއް ލިބޭނީ، އޭރުން މި ގައުމަށް އާރޯ ކަމާއި އާލާކަން އަންނާނީ" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މުޙައްމަދު އިސްމާއިލްގެ ވާހަކުފުޅުގައި ވަނީ ރައީސް ޔާމިންގެ ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަޙުމަދުއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް އަކީ އަމިއްލަ ޖީބު ބޮޑު ކުރަން މަސައްކަތް ކުރާ ބޭފުޅެއް ކަމަށް މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ. އަދި ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް ސަރުކާރާއި ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަށް ގަބޫލުނުކުރެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރިއެވެ.
ކޮމެންޓް