ރައީސް ޑރ. މުޢިއްޒު މާލެ ސިޓީ ކައުންސިލްގައި
ރަށުން ނަގައި ޓެކްސްގެ 10 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ނިޒާމެއް ވަނީ އިޢުލާން ކުރައްވައިފަ
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ހަރުދަނާ ސިޔާސަތުތަކެއް ހުށައަޅުއްވައި، ތަންފީޒުކުރައްވަން ވަނީ ފައްޓަވައިފައެވެ.
އެގޮތުން ކައުންސިލްތަކަށް ފަޅުރަށެއް ލިބޭނެ އުޞޫލެއް އެކުލަވައިލައްވައިފައިވެއެވެ. މި އުޞޫލުގެ ދަށުން 4 ކައުންސިލަކުން މިހާރު ވަނީ ފަޅުރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފައެވެ.
ރަށުން ނަގައި ޓެކްސްގެ 10 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ނިޒާމެއް ވަނީ އިޢުލާން ކުރައްވައިފައެވެ. މިކަމުން ކައުންސިލްތަކުގެ މާލީ ހާލަތު ރަނގަޅުވެ، ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަށް ހިންގުމަށް މަގުފަހިވެގެންދާނެއެވެ.
ކައުންސިލްތަކުގެ ޢުމްރާނީ ޙާލަތު ރައީސް ޑރ. މުޢިއްޒު އަމިއްލަފުޅަށް ބައްލަވައި 50 ކައުންސިލް އިދާރާ އެޅުއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސުގެ ދަށުން 55 ކައުންސިލް އެޅުމަށް ހުށަހަޅައިފައީވާ ޕްރޮޕޯސަލް ރިވިޔުކޮށް، އިކޮނޮމިކް ކައުންސިލަށް ވަނީ ހުށަހަޅައިފައެވެ.
ލާމަރުކަޒީ ނިޒާމް ހަރުދަނާކުރެއްވުމަށް ބޮޑު އިސްކަމެއް ދެއްވައި ރައީސް ޑރ. މުޢިއްޒު ގެންދަވަނީ އެތަކެއް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކޮމެންޓް