ސާރަޑޯ އާއި ކޮރެއާ އެންޓި-ޑޯޕިންގ އޭޖެންސީގެ އެހީގައި ބޭއްވުނު އެންޓި-ޑޯޕިންގ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

އެންޓި-ޑޯޕިންގ ތަމްރީން ޕްރޮގްރާމް

ސާރަޑޯ އާއި ކޮރެއާ އެންޓި-ޑޯޕިންގ އޭޖެންސީގެ އެހީގައި ބޭއްވުނު އެންޓި-ޑޯޕިންގ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

ސައުތު އޭޝިއާ ރީޖަނަލް އެންޓި-ޑޯޕިންގ އޯގަނައިޒޭޝަން (ސާރަޑޯ) އާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ކޮރެއާ އެންޓި-ޑޯޕިންގ އޭޖެންސީ (ކާޑާ) އާ ގުޅިގެން ކުރިއަށް ގެންދިޔަ އެންޓި-ޑޯޕިންގ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމް އިއްޔެ ވަނީ ނިމިފައެވެ.

ފެބްރުއަރީ 12 އިން 13 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެންޓި-ޑޯޕިންގ އާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވުނު ޕްރޮގްރާމެކެވެ.

IMG_4538.jpeg

މި ޕްރޮގްރާމުގައި ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މާހިރުންނާއި، ކޯޗުން އަދި އެތްލީޓުންނަށް އެންޓި-ޑޯޕިންގ އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދީ، މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރެވުނެވެ.

ކުޅިވަރުގެ ދާއިރާގައި ޑޯޕިންގ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ސާފު ކުޅިވަރު ކުރިއެރުވުމަށް މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.