ސައްހަ ވިސާ ނެތް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮއްސި

ސަރަޙައްދުގައި އިމިގްރޭޝަން އިން ހަރަކާތްތެރި ވަނީ

28 ވަނަ ދުވަހުވެސް ހުޅުމާލެއިން 3 ފަންގިފިލާގެ އިމާރާތެއް ބަލައި ފާސްކުރިއިރު ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފަ

އިޖުތިމާއީ މިންގަނޑާ ޚިލާފަށް ބިދޭސީން ކައްކަމުން ދިޔަ ތަނެއް ބަލާ ސައްހަ ވިސާ ނެތް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ވިނަރެސް ފްލެޓްގެ ފަހަތުގައިވާ އެކޮމެޑޭޝަން ބްލޮކެއްގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އެތަން ބަލާ ފާސްކޮށްފައިވާ ކަމަށާއި ޓާސްކު ފޯހުން އެވަގުތު އެތަނަށް ދިޔައިރު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ވިސާއެއް ނެތް ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މިތަނަކީ ސާފްތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އިޖްތިމާޢީ މިންގަނޑާ މުޅިން ޚިލާފަށް ބިދޭސީން އެމީހުންގެ ދިރިއުޅުމުގެ ކަންކަމާއި، ކެއުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ތަނަކަށްވާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މީގެއިތުރުން މިމަހުގެ 28 ވަނަ ދުވަހުވެސް ހުޅުމާލެއިން 3 ފަންގިފިލާގެ އިމާރާތެއް ބަލައި ފާސްކުރިއިރު ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ.

އަދި އެތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮތް ތަނެއްކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. މިމައްސަލަ އިމިގްރޭޝަނުން ތަޙްޤީގު ކުރަމުންދާއިރު މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަންކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.