މަސްވެރިންނަށް ފައިސާ ދޫކުރުމުން އައްޑޫގައި ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައިފި

ފިޝަރީޒް މިނިސްޓަރު މަސްވެރިންނާއި މަޝްވަރާއެއްގައި

ފްލޯޓިންގ ރޭޓް ކަނޑައެޅުމުން މަސްވެރިން ކިރާ މަހަށް ފައިސާ ދޫކުރެވޭނީ ދެ ހަފުތާތެރޭ ކަމަށް ވިދާޅުވެފަ

މަސްވެރިންނަށް ފައިސާ ދޫކުރުމުން އައްޑޫގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައިފިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިއަދު ޖަމާކުރަން ފަށާފައިވުމާއިއެކު މަސްވެރިންގެ މުޒާހަރާތައް ހުއްޓާލާފައިވާކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ 53 މިލިއަން ރުފިޔާ ޖަމާކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގެއްގައިކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިއަދު ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، އެ ބަދަލާއެކު މަސްވެރިން ކިރާ މަހަށް ފައިސާ ދޫކުރެވޭނީ ދެ ހަފުތާތެރޭ ކަމަށް ވިދާޅުވެފައެވެ.

މަސްވެރިންގެ އަތުން މަސް ކިރުމަށް ފަހު ފައިސާ ނުދީ ގިނަ ދުވަސްވާތީ ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ މުޒާހަރާކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.