މުލީއާގެ
ފައްޔާޒު ދެއްކެވީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަ ކަމަށް ހީނާ ހާމަކުރި
ރައްޔިތުންގެ މަޖިލީހުގައި ޕީއެންސޯ މެންބަރުންނަށް މުލީއާގެއިން 50،000 ރުފިޔާގެ ނުދޭ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މުލިއާގެއިން ޕީއެންސީ މެންބަރުންނަށް 50،000 ރުފިޔާ ދެމުން އަންނަކަމަށް ތުހުމަތުކޮށްފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްއެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ފައްޔާޒް ވިދާޅުވީ މަޖިލިސް މެންބަރުން ވަކިގޮތަކަށް ބޭތިއްބުމަށް ރައީސް މުއިއްޒުގެ ފަރާތުން މެންބަރުންނަށް ކޮންމެ މަހަކު ވެސް ފައިސާ ދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މެންބަރަކަށް މަހަކު 50،000 ރުފިޔާ ދެމުން އަންނަކަމަށް އަޑުއިވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒްގެ މި ތުހުމަތާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފައްޔާޒުގެ ވާހަކަތަކަކީ "ކަނޑައެޅިގެން ބުހުތާނު ދޮގެއް" ކަމަށެވެ.
ޕީއެންސީ ތަމްސީލް ކުރާ 75 މެންބަރުން މަޖިލީހުގައި ތިބެއެވެ. 50،000 ރުފިޔާ ކޮންމެ މެންބަރަކަށް ދޭނަމަ، މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
ކޮމެންޓް