ނ. އަތޮޅު ޗެމްޕިއަން މިލަދޫ ޓީމަށް ފޯރިގަދަ މަރުޙަބާއެއް

މިލަދޫ ކުަޅުންތެރިން

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ނ. އަތޮޅު ޗެމްޕިއަންކަން ހޯދި މިލަދޫ ޓީމަށް މަރުޙަބާ ކިޔުމުގެ ގޮތުން މިއަދު ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރަށް ނުކުމެއްޖެއެވެ.

ކައުންސުލުން އިންތިޒާމްކުރި މި ހާއްސަ މަރުޙަބާ ކިޔުމުގެ މި ރަސްމިއްޔާތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނ. ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދެވެ. މެންބަރު ސައްތާރަކީ ރަށުގެ ކުޅިވަރު ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެ، ރައްޔިތުންނަށް ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

4560475b-9813-4caa-a9d4-3104ee6d3c4b.jpeg

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށި ހޯދުމަކީ މުޅި މިލަދުންމަޑުލު ދެކުނުބުރިއަށް ލިބުނު ހާއްސަ ފަހުރެއް ކަމަށް މެންބަރު ސައްތާރު ވިދާޅުވިއެވެ. އަދި މިހާރު އޮތް ޓީމަށް އިތުރު ކުޅުންތެރިން ގެނެސް، ޒޯން މަރުހަލާއަށް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ނ. އަތޮޅު ފައިނަލުގައި ހޮޅުދޫ އާއި މިލަދޫ ވާދަކުރި އިރު، މިލަދޫން ފައިނަލުން މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ މިލަދޫ އާއި ހޮޅުދޫން ވެސް މުޅިން އަލަށް އަތޮޅު ފައިނަލަށް ނުކުތް ފަހަރެވެ.

މިލަދޫ ޓީމު މޮޅުވުމުން މިއަދު ހަވީރު  ޓީމު ކުޅުންތެރިންނާއެކު ރައްޔިތުންނާއެކު ފުޓުބޯޅަ ދަނޑުގައި ފޮޓޯނެގުމުގެ ހަރަކާތެއް އޮންނާނެއެވެ.

މިލަދޫން މި ތާރީހީ ތަށި ހޯދުމާ ގުޅިގެން އެ ޓީމުގެ ކުޅުންތެރިންނާއި ރަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. އަދި މި ކާމިޔާބީއާއެކު ކުރިއަށް އޮތް ޒޯން މަރުހަލާގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި، އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.