ކުރީގެ އެސްޓީއޯ އެމްޑީ ހުސައިން އަމްރު
ވޯލްޑް ޑޭ އޮފް ސޯޝަލް ޖަސްޓިސް ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓަކަށް ކުރީގެ އެސްޓީއޯ އެމްޑީ ހުސައިން އަމްރު ވަނީ ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ.
އަމްރު ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރަށް އިޖްތިމާއީ އިންސާފުގެ މާނައެއް ނޭނގެއެވެ. އަދި ސަރުކާރުން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ނާޤާބިލު މީހުން ސިޔާސީ މަޤާމުތަކަށް އައްޔަންކުރުމާއި، ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެއެވެ.
"ރައްޔިތުން ބޭސްފަރުވާއާއި، ބޭހާއި، ހެލްތު އިންޝުއަރެންސް ފަދަ އަސާސީ ޚިދުމަތްތަކަށް އާދޭސްކުރަން މަޖުބޫރުކުރުވައި، ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަކަން ގެނެސްދޭ ޚިދުމަތްތައް ހުއްޓުވާލާފައިވޭ،" އަމްރު ވިދާޅުވިއެވެ.
https://x.com/husenamr/status/1892940971308114019?s=46&t=TXuSpvTAejR0Lr_pGUMnWg
އަމްރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުގެ އެއްވެސް ހަރަކާތެއްގައި އިޖްތިމާއީ އިންސާފު ޤާއިމުކުރުމަށް މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާ ބޭނުންކުރައްވައިގެންނެވެ.
ކޮމެންޓް