ހެކްސްޓާ ގްލޯބަލްއިން އެއްބަސްވުމުގައި ސޮއި ކުރައްވައިފި
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރާ ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓާ ގްލޯބަލް ސީޑީއެން އާ އެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްތައް އަޅާނީ ރާއްޖޭގެ ޚަރަދުގައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ބޭނުން ހިފައިގެންނެވެ. އަދި މި މަޝްރޫޢުގެ ދަށުން ހެކްސްޓާއަށް އެޑްވާންސް ފައިސާއެއް ނުދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުން މި މަޝްރޫޢަށް ފައިސާ ދޫކުރާނީ އިމާރާތްތައް ނިންމައި، ފަރުނީޗަރު ހަމަކޮށް ދިނުމަށްފަހު، ކައުންސިލްތަކާ ހަވާލުކުރާތާ 3 މަސް ފަހުންނެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހިންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫޢު ރާއްޖޭގައި ހިންގުމަށްޓަކައި މެލޭޝިއާގެ ހެކްސްޓަރ ގްރޫޕް އޮފް ކޮމްޕެނީސްއިން ވަނީ ހެކްސްޓަރ މޯލްޑިވްސް ގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. އަދި މި މަޝްރޫޢުގެ ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ސަރުކާރުން އަންގާފައިވެއެވެ.
ކޮމެންޓް