ރައްކާތެރި ސަރަޙައްދަކަށް އިސްރާއީލުން ބޮމުގެ ހަމަލާ ދީފި

ހަމަލާދީފައިވާ ސަރަޙައްދުގެ ބަޔެއް

90 މީހުން ޝަހީދުވެފައިވޭ

ޣައްޒާގެ ރައްކާތެރި ސަރަޙައްދެއްކަމަށް އިސްރާއީލުން ކަނޑައަޅާފައިވާ މުވާސީއަށް އިސްރާއީލުން ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މި ހަމަލާގައި 90 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 300 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތަށް ވަނީ ލިބިފައެވެ. އެ ވުޒާރާއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، ހަމަލާތަށް ކުރިޔަށް ދާތީ ސިއްހީ އެހީއަށް ބޭނުންވާ މީހުންނަށް އެހީ ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މައުލޫމާތުދޭ ގޮތުގައި މި ހަމަލާ ދީފައިވަނީ ހަމާސްގެ އަސްކަރީ ކޮމާންޑަރުން ކަމަށްވާ މުޙައްމަދު ޑެއިފް އާއި ރަފާ ސަލަމާ ޝަހީދުކޮށްލުމުގެ ބޭނުމުގައެވެ. އަދި ހަމާސްގެ އިތުރު މެންބަރުން ޣައްޒާގެ ރައްޔިތުންގެ ތެރޭގައި ފޮރުވިގެން ތިބި ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ.

ހަމާސް އިން ވަނީ މިކަމަކީ ހަޤީގަތެެއް ނެތް ކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 39000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.