އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މުނައްވަރު އާއި ރައީސް ޑރ. މުޢިއްޒު

ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުން ވަނީ ތާއީދުކޮށް އެ ހުށަހެޅުމަށް ރުހުން ދީފަ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައެޅުއްވި އަޙްމަދު މުނައްވަރު އެ މަޤާމަށް އައްޔަނު ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ރުހުންދީފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މުނައްވަރާއި އިންޓަވިއުކުރުމަށްފަހު ކޮމިޓީން ނިންމީ އޭނާ ގަވަރުނަރުގެ މަޤާމަށް އައްޔަން ކުރުމަށް ރައީސްއަށް ލަފާ އެރުވުމަށެވެ. އެ ލަފާ އެރުއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއެވެ. ނާޒިމްގެ އެ ހުށަހެޅުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުން ވަނީ ތާއީދުކޮށް އެ ހުށަހެޅުމަށް ރުހުން ދީފައެވެ.

މީގެ ކުރިން، އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމުގައި ހުންނެވީ އަލީ ހާޝިމެވެ. ހާޝިމް ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން މި ނިންމީ އޭނާއަށް ޖަވާބުދާރީވާން ތިން ފުރުސަތެއް ދިނުމަށް ފަހުގައެވެ.

ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކޮށް، އެމަގާމަށް މި ސަރުކާރުގެ މާލީ އެޑްވައިޒަރު މުނައްވަރު ހަމަޖެއްސެވުމާއި މެދު ގޮތެއް ނިންމަން ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ފޮނުއްވީ ޖުލައި 22 ވަނަ ދުވަހުގައެވެ. އެ ހުށަހެޅުއްވުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމެޓީއަށް ފޮނުއްވީ ޖުލައި 23 ވަނަ ދުވަހުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.