ޙުސައިން ޒައިދާން ޢަލީ، އިރަމާގެ / ސ. ހިތަދޫ (25އ)
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސ. ހިތަދޫ އިރަމާގެ ހުސައިން ޒައިދާން ޢަލީ (25 އަހަރު) ހޯދުމަށް ފުލުހުން ވަނީ އާންމުކޮށް އިއުލާނު ކޮށްފައެވެ.
ފުލުހުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، ހުސައިން ޒައިދާން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން މި އިއުލާނު ކުރަނީއެވެ.
ހުސައިން ޒައިދާން ވަނީ 2025 ފެބްރުވަރީ 2 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް އަންގާފައެވެ. އަދި އެ ދުވަހަށް ހާޒިރު ނުވެވޭނަމަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށްވެސް އަންގާފައިވެއެވެ.
މި މައްސަލައިގައި ހުސައިން ޒައިދާން ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާގެ އައިޑީ ކާޑު ނަންބަރަކީ A341620 އެވެ.
ކޮމެންޓް