ފުލުހުން އަތުލައިގަތް ބައެއް ތަކެތި ގެންދާ މަންޒަރު
މާލޭގައި ހ. ހުޅުގަލީގައި ހިންގަމުން އަންނަ ޕްރައިވެޓް އޮފީހަކަށް ކޯޓު އަމުރަކާއެކު ފުލުހުން ވަދެ އެތަން ބަލައި ފާސްކޮއްފިއެވެ.
މާލޭގެ ހެންވޭރުގައި ހުރި ގެއެއްގައި ފުޅާ ދާއިރާއެއްގައި ސިނގިރޭޓު އުފައްދައި ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމުގެ މައުލޫމާތު ލިބުމާއިއެކު ފުލުހުންގެ މުއައްސަސާއިންވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަންގައި ބަލާ ފާސްކޮށްފައިވަނީ ހ. ހުޅުގަލީގެ ފުރަތަމަ ފަންގިފިލާގެ ބައެކެވެ. ފުލުހުންވަނީ އެތަނަށް ވަދެ ބަލާ ފާސްކުރުމަށްފަހު ބައެއް ތަކެތި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން މިކަން ކުރިއަށް ގެންގޮސްފައިވަނީ ޕްރައިވެޓް ކުންފުންޏެއްގެ އޮފީހުގައި ސިނގިރޭޓު އުފައްދަމުންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.
ކޮމެންޓް