ފުލުހުންނަށް 2 ޑްރޯން ހަދިޔާކޮށްފި

ޔޫއެންއޯޑީސީން ފުލުހުންނަށް ހަދިޔާކުރި 2 ޑްރޯން ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތު.(-ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ)ރ

ހަދިޔާކުރީ ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ ޑްރޯންތަކެއް

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ބޭނުން ކުރާނެ ޑްރޯންތަކެއް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ފުލުހުންނަށް މިއަދު ހަދިޔާކޮށްފިއެވެ.

އެ ދެ ޑްރޯންއާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ފަހު، އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، ޑްރޯންތައް ބޭނުންކުރާނީ ފުލުހުންގެ މެރިން އޮޕަރޭޝަންސް ޑިވިޝަނުން ކަމަށެވެ.

މި ޑްރޯންތަކާ އެކު، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މެރިން ޕޮލިހުން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އިހުސާނު ވިދާޅުވި އެވެ.

އަދި މި ޑްރޯންތަކުގެ ސަބަބުން އޮޕަރޭޝަންސްތަކުގައި ފުލުުހުންގެ ރައްކާތެރިކަން ވެސް އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔޫއެންއޯޑީސީން ހަދިޔާކުރީ ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ ޑްރޯންތަކެއް ކަމަށާއި މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައި ކަމަށް ފުލުހުން ބުންޏެވެ.

ދިވެހި ސިފައިން މިހާރު ގެންދަނީ އަސްކަރީ ދެ ޑްރޯންއެއް ވެސް ބޭނުންކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.