ޖޫނިއާ ކެޓަގަރީން 50 މ ރިހިމެޑަލް ތަޒްކިޔާއަށް
ސްރީލަންކާގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގެ ޖޫނިއަރ ކެޓަގަރީގެ 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ސިލްވަރ މެޑަލް އަމްނާ ތަޒްކިޔާ މިރުސާދު ހޯދައިފިއެވެ.
ފައިނަލްގައި ތަޒްކިޔާ 50 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 00:29.67 އިންނެވެ. މިއީ މިމުބާރާތުގައި ތަޒްކިޔާ ހޯދި 2 ވަނަ މެޑަލް އެވެ. އަދި އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑްވެސް އަމްނާ ތަޒްކިޔާ މިރުސާދުވަނީ މި މުބާރާތުގައި އާކޮށްފައެވެ.
ފުރަތަމަ ހޯދާފައިވަނީ 100 މީޓަރ ފްރީސްޓައިލް އިވެންޓުން ބްރައުންޒް މެޑަލްއެކެވެ. ހަމަ މި މުބާރާތުގައި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައިވެސް ތަޒްކިޔާ ހިމެނެއެވެ. މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ މިހާތަނަށް 2 ބްރޯންޒް އަދި 1 ސިލްވަރ މެޑަލް ހޯދާފައެވެ.
ކޮމެންޓް