ޖަލްސާއެއްގައި ޢަފޫ ވާހަކަފުޅު ދައްކަވަނީ
ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސައުދާ ވަނީކޮޕީރައިޓްސްއާއި އެއާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކަށް އިސްލާހު ހުށައަޅުއްވާފަ
ައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަކި ދާއިރާއެއް، ވަކި ގިންތިއެއް ތަފާތުކުރުމެއްނެތި، ޤައުމުގެ ހުރިހާ މައްސަލަތަކަށް ޖުމްލަކޮށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ވިދާޅުވެއްޖެއެވެ.
ކޮޕީރައިޓްސްއާއި އެއާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސައުދާ ހުށައެޅުއްވި އިސްލާހުތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ ބަހުސްގައި ޢަފޫ ވިދާޅުވީ މި ބިލު ދިރާސާކޮށް، ގެނެވެންހުރި މުހިންމު އިޞްލާހުތައް ހޯދައި، އެ އިޞްލާހުތަކާ އެއްކޮށް މި ބިލު ފާސްކުރެވި، ދިވެހި ޒުވާނުންނަށް ދިވެހި ފަންނާނުންނަށް، ދިވެހި ހުނަރުވެރިންނަށް އޭގެ ފުރިހަމަ ލާބައާއި މަންފާ ލިބިގެން ދިޔުން ކަމަށެވެ.
ޢަފޫ ވަނީ މިހާރު ފަންނީ އިންޑަސްޓްރީތަށް ހުރި ހިސާބު ބަލަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އެއީ ކޮޕީރައިޓްސް ޤާނޫނަށް އަމަލުކުރަން ފެށިފައިވަނީ 2011 ގައި ކަމަށް ވާތީކަމަށް ޢަފޫ ފާހަގަކުރެއްވިއެވެ.
"މިއަދު އަޅުގަނޑުމެން އަމަލުކުރަމުން މިދާ ކޮޕީރައިޓުގެ ޤާނޫނަކީ 2010 ވަނަ އަހަރު ޑްރާފްޓްކުރެވިގެން، 2011 ވަނަ އަހަރުގެ އޭޕްރީލް މަހު އަމަލު ކުރަން ފެއްޓި ޤާނޫނެއް. އަދާހަމައަށް އައިއިރު އެންމެ އިޞްލާހެއް މި ވަނީ މި ޤާނޫނަށް ގެނެވިފައި. މިއަދު 13 އަހަރު މި ޤާނޫނަށް ވެގެންދާއިރު އަޅުގަނޑުމެން ބަލަންޖެހޭ އަޅުގަނޑުމެންގެ އިންޑަސްޓްރީތަށް މިއަދު ހުރީ ކޮން ހިސާބެއްގައިތޯ" ޢަފޫ ވިދާޅުވިއެވެ.
ޢަފޫ ވަނީ ނިމިދިޔަ ސަރުކާރަށް ފަންނާނުންގެ ހައްގުގައި އެއްވެސް ކަމެއް ކޮއްދެވިފާ ނުވާކަމަށް ތުހުމަތުކޮށްފައެވެ. އަދި އެންމެ ކުޑަމިނުން އޮލިމްޕަސް ބޭރުގައި ކުލަ ކޮޅެއްވެސް ލެވިފައި ނުވާ ކަމަށް ޢަފޫ ވިދާޅުވިއެވެ.
ކޮމެންޓް