އެމް.އެން.ސީ.ސީ ޕެރޭޑުގެ ފަރިތަކުރުމުގެ ތެރެއިން
މާދަމާ ހުޅުމާލޭގައި ބާއްވާ ޝަރަފުގެ ހިނގާލުން އަދި ފަސް ކޮށްފައި ނުވޭ
މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަދި މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯރޕްސް (އެމް.އެން.ސީ.ސީ) އިން ބާއްވާ ޝަރަފުގެ ހިނގާލުން ފަސްކޮށްފިއެވެ.
އެމް.އެން.ޑީ.އެފް އާއި އެމް.އެން.ސީ.ސީ އިން ބުނީ މި ޝަރަފުގެ ހިނގާލުން މޫސުން ތަން ނުދޭތީ ފަހުގެ ތާރީޚަކަށް ފަސަކުރެވިފައިވާ ކަމަށެވެ. ފަސްކުރެވިފައިވާ ތާރީޚެއް އަދި އާންމެއް ނުކުރެއެވެ.
ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުވެރިކަމުގެ ހިނގާލުން އަދި ފަސްކޮށްފައި ނުވެއެވެ. ހުޅުމާލޭގައި މި ހިނގާލުން ފޭސް 1 އަދި 2 ގައި ކުރިޔަށް ދާނެއެވެ.
މި ހިނގާލުމުގެ ތައްޔާރީތަށް ޖޯޝާއި ފޯރީގައި ކެޑޭޓުގެ ދަރިވަރުން އައީ ވަމުންނެވެ. ބަޔެއް ދަރިވަރުން މި ތައްޔާރީތަކުގައި ބައިވެރިވަމުން އައީ އިމްތިޚާނުތަކަށްވެސް ތައްޔާރު ވަމުންނެވެ.
ކޮމެންޓް