ކޮމިޓީއެއްގައި ގާސިމް
މިހެން ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާ ގުޅޭ މައްސަލައިގައި ބަހުސްކުރައްވަމުން
ރައްޔިތުން ގަރުދިޔަ އާއި ބަތާ ކާން ޖެހޭ ހިސާބަށް ފޮނުވާލައި، ރާއްޖެ އިނދަ ޖައްސާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާ ބަހުސްކުރައްވަމުންނެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިއަދު ދިވެހި ރައްޔިތުން އިނދަ ޖައްސާލީ ކުރީގެ ސަރުކާރުންނެވެ.
"މިއަދު ދިވެހި ރައްޔިތުން އިނދަ ޖައްސާލައި، މާދަމާ ނިކަމެތި ހާލަތުގައި ގަރުދިޔަ އާއި ބަތާ ކާން ޖެހޭ ހިސާބަށް މި ފޮނުވާލީ މިދިޔަ ސަރުކާރުން މައިގަނޑު ގޮތެއްގައި. 130 ބިލިއަން ރުފިޔާ އިން (ދަރުވާލައި)، ކުންފުނިތައް ދަރުވާލީ އިންތިހާ ދަރަޖައަށް،" ގާސިމް ވިދާޅުވިއެވެ.
ދިވެހިން ގަބޫލު ކުރިޔަސް، ނުކުރިޔަސް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އެހެން ނޫނީ މާ ނިކަމެތި ދަރަޖަ އަށް ވެއްޓިގެންދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ކޮމެންޓް