(ޕީއެންސީ) އިން ރަމަޟާން މަހާ ގުޅިގެން ކުރިއަށްގެންދާ "އިޙްޔާ ފޯރަމް"
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރަމަޟާން މަހާ ގުޅިގެން ކުރިއަށްގެންދާ "އިޙްޔާ ފޯރަމް" ގެ ފުރަތަމަ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިރޭ 21:00 ގައި ކޮންގްރެސް ހައުސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި މައިގަނޑު ތަޤްރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމަށް ޕީއެންސީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން ބާއްވާ މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.
ކޮންގްރެސް ހައުސް ހުންނަނީ ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތީ) ގައެވެ. މި ފޯރަމަކީ ރަމަޟާން މަހުގެ މުނާސަބަތުގައި ޕީއެންސީން ކުރިއަށްގެންދާ ގިނަ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ.
ކޮމެންޓް