ޖޯ ބައިޑެން
ބައިޑެން ވަނީ ކަމަލާ ހެރިސްގެ ނަން ހުށައަޅުއްވާފަ
އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑެން ވާދަނުކުރައްވަން ނިންމަވައިފިއެވެ.
ބައިޑެން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ގައުމަށް ހިދުމަތް ކުރެއްވުމަކީ ލިބިވަޑައިގަތް ބޮޑު ފަހުރެއް ކަމަށާއި މި ހަފްތާގެ ފަހުކޮޅު ރަސްމީކޮށް ގައުމާ މުހާތަބުކުރައްވައި ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ޕާޓީގެ ފަރާތުން ވާދަކުރައްވާ އާ ކެންޑިޑޭޓަކަށް މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ ނަން ހުށައަޅުއްވާފައެވެ.
ޑިމޮކްރެޓުން ރިޔާސީ ކެންޑިޑޭޓް ރަސްމީކޮށް ކަނޑައަޅާނީ އަންނަ މަހު 19 ގައި ޝިކާގޯގައި ބާއްވާ އެ ޕާޓީގެ ކޮންވެންޝަނުންނެވެ. އެގޮތުން ނައިބު ރައީސް ހެރިސްގެ ނަން ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓަކަށް އެ ކޮންވެންޝަނުން ފާސްކުރަން ޖެހޭނެ އެވެ. އެކަމަކު ޕާޓީ ތެރެއިން މިހާރު ވެސް ވަނީ އެހެން ބައެއް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަމުން ނައިބު ރައީސް ކަމަލާގެ ނަން ހުށަހެޅުއްވުމާ އެކު ޓްރަމްޕް ބަލިކޮށް ގައުމުގެ ފުރަތަމަ އަންހެން ރައީސަކަށް ކަމަލާ އިންތިހާބުކުރުމުގެ ރޫހެއް ވަނީ އުފެދިފައެވެ.
ކޮމެންޓް