މިނިސްޓަރ ޒަމީރު
ދަތުރުފުޅުގައި ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އަދި އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
ރަސްމީ ދަތުރުފުޅެއްފައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އަދި އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް، މާދަމާ ޗައިނާއަށް ފުރާވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި ދަތުރުފުޅަކީ، ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހުއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު އެ ގައުމުގެ ހާރިޖީ ވަޒީރާއި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، ސަރުކާރުގެ އިސް ވެރިންނާއިވެސް ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން މައުލުމާތު ދެއްވައެވެ.
މީގެ އިތުރުން ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމުގައި އިސް ދައުރެއް އަދާ ކޮށްފައިވާ ޗައިނާގެ މުހިންމު ކުންފުނިތަކާއެކު މިނިސްޓަރ ޒަމީރު މަޝްވަރާ ކުރައްވާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.
ކޮމެންޓް