ޅ.ހިންނަވަރުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކޮށްފި

ޅ ހިންނަވަރުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ : ފޮޓޯ ހިންނަވަރު ކޮމިއުނިޓީ

މިއަދު ހެނދުނު ޅ.ހިންނަވަރުގައި 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ނަމާދުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ، އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ އަޅުކަން ފުރިހަމަކޮށްފައިވެއެވެ.

1000002660.jpg

އީދު ނަމާދަށްފަހު ރަށުގެ ރައްޔިތުންނަށް ޚާއްޞަ އީދު ސައެއް ބޭއްވުނެވެ. މި ސައިގައި ރަށުގެ އެކި އުމުރުފުރައިގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ، އެކުވެރިކަމާއެކު ވަގުތު ހޭދަކުރިއެވެ. މި ސައިގެ މާހައުލުގައި ރައްޔިތުން އެކަކު އަނެކަކަށް ހެޔޮއެދުންތައް ފޯރުކޮށްދިންކަން ފާހަގަކުރެވެއެވެ.

މި އަހަރުގެ އީދު ފާހަގަކުރުމުގެ ޙަރަކާތްތަކުގެ ތެރޭގައި ތުއްތު ކުދިންނަށް އީދު ހަދިޔާ ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދެވުނެވެ. މި ޕްރޮގްރާމްގައި ރަށުގެ ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

1000002659.jpg

އީދު ނަމާދަށްފަހު 1446 އުޟްޙިޔާ ކަތިލުމުގެ ކަންތައްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި އަހަރުގެ އީދު ފާހަގަކުރުމުގައި ރަށުގެ ހުރިހާ ފަރާތްތަކުން ވެސް ފުރިހަމަ އެއްބާރުލުން ދީފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.