އިލެކްޝަންސް ކޮމިޝަނުން ތިން ޕާޓީއެއް ޖޫރިިމަނާކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ބަޔެއް މެންބަރުން

ޖޫރިމަނާ ކޮށްފައިވަނީ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އަދި ދަ ޑިމޮކްރެޓްސް

ހުށަހަޅަންޖެހޭ ތާރީޚަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)ން ތިން ސިޔާސީ ޕާޓީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީސީން ކުރި ޓްވީޓެއްގައި ވަނީ، އެ ޕާޓީތައް ޖޫރިމަނާކޮށްފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 44ވަނަ މާއްދާގެ (ށ)އާ ހަވާލާދީ ކަމަށެވެ.

އެގޮތުން ޖޫރިމަނާކޮށްފައިވާ ޕާޓީތަކަކީ:

  • ދަ ޑިމޮކްރެޓްސް

  • މޯލްޑިވްސް ނެޝަނަލް ޕާޓީ

  • މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަންގެ އިތުރުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާކަމަށެވެ.

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް، އެ ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އަދަދަށް ބަލައި ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން ސިޔާސީ ދެތިން ޕާޓީއަށްު އެތައް މިލިއަން ރުފިޔާ ދެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.