އައްޑޫ މަސްވެރިންގެ މުޒާހަރާގެ ތެރެއިން
އައްޑޫ މަސްވެރިން މިއަދު ކޫއްޑޫއަށް ދަނީ
އައްޑޫ ސިޓީގައި މުޒާހަރާކުރާ މަސްވެރިން މިއަދު ކޫއްޑޫއަށް ދާނެ ކަމަށް މައުލޫމާތު ދީފިއެވެ.
އައްޑޫ ސިޓީގެ މަސްވެރިން މައުލޫމާތު ދީފައިވާ ގޮތުގައި މަސްވެރިންނަށް ސަރުކާރުން ޖަވާބެއް ނުދޭ ނަމަ މަސް ދޯނިތަކާއެކު މާލެއަށް މިސްރާބު ޖަހާނެ ކަމަށާއި މިއަދު ކޫއްޑޫއަށް ދާނެ ކަމަށެވެ. އަދި އައްޑޫ ސިޓީ މަސްވެރިން ވަނީ ރާއްޖޭގެ ހުރިހާ މަސްވެރިންވެސް އެ މުޒާހަރާގައި ބައިވެރިވުމަށް ގޮވާލާފައެވެ.
އައްޑޫ ސިޓީގެ މަސްވެރިންގެ އާއިލާތަކުންވެސް ވަނީ މުޒާހަރާއާއި އިއްޔެގެ ވަގުތެއްގައި ގުޅިފައެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭތީ އައްޑޫ ސިޓީ މަސްވެރިން މުޒާހަރާ ކުރަމުން އަންނަތާ ހަފްތާއެއް ވެއްޖެއެވެ. އައްޑޫ ސިޓީ ނޫން އެހެން ރަށްރަށުގައި ވެސް މަސްވެރިންނަށް ފައިސާ ނުދޭތީ މުޒާހަރާ ކޮށްފައިވެއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ މި މަހުގެ ކުރީކޮޅު މާލެ 1 ނަންބަރު ޖެޓީގައި މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާ ހުއްޓާލީ ބައެއް ޑިމާންޑުތައް ސަރުކާރުން ގަބޫލުކުރުމުންނެވެ.
ކޮމެންޓް