ތަފާތު އެކި ކެއުންތައް ތައްޔާރުކުރުމުގައި ފިޔާ މިއީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބާވަތެއް

ތަފާތު އެކި ކެއުންތައް ތައްޔާރުކުރުމުގައި ފިޔާ މިއީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބާވަތެ

ފިޔައާނުލައި ތައްޔާރުކުރެވޭނެ ކެއުންތައް މަދުވެފައިވާއިރު ފިޔާ ކޮށުން ގިނަ މީހުންނަށް ބޮޑު ވޭނަކަށްވެފައިވަނީ އެ ކޮށާ ވަގުތު ހިފެހެއްޓުމެއް ނެތި ލޮލުން ފައިބާ ކަރުނައާ ހެދިއެވެ.

ފިޔާ ކޮށާ މީހާގެ އިތުރުން ކައިރީގައި ނުވަތަ އޭގެ އަސަރު ފޯރާ ހިސާބެއްގައި ހުންނަ މީހެއްގެ ލޮލުން ވެސް ފެން އައުމަކީ އެއީ އާއްމުކަމެކެވެ. މި ކަމަށް ހައްލެއް ބޭނުންވާ މީހުން ތަފާތު އެކި އުކުޅުތައް އެ ކަމުގައި ބޭނުންކުރާއިރު ދާދި ފަހުން 'ސީއެންއެންއެން'އިން މިކަމާ ގުޅޭ ތަޖުރިބާކާރުންނާ ވާހަކަދައްކާ މި ކަމުގައި ބޭނުންކުރެވިދާނެ އެންމެ ރަމގަޅު ހައްލަކީ ކޮބައިތޯ އޮޅުންފިލުވިއެވެ.

ގިނަ ބައެއްގެ ހިތުގައި އުފެދޭނެ އެންމެ މުހިއްމު އެއް ސުވާލަކީ ފިޔާ ކޮށާއިރު ލޮލުން ފެން އައުމަށް މެދުވެރިވާ ސަބަބަކީ ކޮބައިތޯއެވެ. މަޝްހޫރު ޔޫޓިއު ޗެނަލް 'އަބޭ ދަ ފުޑް ސައިންޓިސްޓް'ގެ ހޯސްޓު ޑރ، އަބޭ ތިއެލް ބުނި ގޮތުގައި ފިޔާ ކޮށާއިރު ލޯ ތުރުތުރު އެޅުމާއި ލޮލުން ފެން އައުމަކީ އޭގެ މަގުސަދު ހާސިލުކޮށްދޭ ކަމެކެވެ.

ފިޔާގެ ދިފާއުގައި އޭގެއިން ނުކުންނަ ދިލަ އެ ނުކުންނަނީ ސެލް ސްޓްރަކްޗައިން ކަމަށާއި، އޭގެ ތެރޭގައި ތަފާތު ކޮމްޕާޓްމަންޓްތައް ވަކިން ހުންނައިރު، އޭގެން ލޮލަށް އަސަރުކުރާ މާއްދާތައް ވަކިވާ ކަމަށް ޑރ. އަބޭ ތިއެލް ވަނީ ބުނެފައެވެ. ވޮޝިންގްޓަންގެ ޔުނިވަސިޓީއެއްގައި މަސައްކަތްކުރާ އަބޭ ތިއެލްގެ އެކުވެރި ޑރ. ބްރަޔަން ކުއޯކް ބުނެފައިވާ ގޮތުގައި ފިޔާ ފަޅާލުމަށް ފަހު ކޮށަން ފެށުމުން އެންޒައިމްއާއި އެމީނޯ އެސިޑް އެކުވެ، ސަލްފާ ކޮމްޕައުންޑު އުފައްދައިދެއެވެ. ލޮލުން ފެން އައިސް ލޮލުން ދިލަ ނަގަން ފަށަނީ ސަލްފާ ކޮމްޕައުންޑު ވައިގެ ތެރެއަށް ދޫވާން ފެށުމުންނެވެ.

ލޮލުން އަންނަ ދިލައާއި ކަރުނަ ނުވަތަ ފެން އައުން މަނާކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭ ފިޔާ ކޮށަން ބޭނުންކުރާ މޭޒު މަތީ ކުޑަ ފަންކާއެއް ބޭނުންކުރެވިދާނެއެވެ. އޭރުން ފިޔައިން ނުކުންނަ ދިލަ އެހެން ދިމަދިމާލަށް ފޮނުވާލުމުގެ ފުރުސަތު ބޮޑުވާނެއެވެ.

މީގެ އިތުރުން، ފިޔަލުގެ ދިލައިން ސަލާމަތްވުމަށް މިހާރު ވެސް ބައެއް މީހުން ގޮގްލް ބޭނުންކުރުމާއި، ފިޔާ ކޮށުމުގެ އިރުގަނޑެއް ކުރިން އައިސް އަލަމާރިއަށް ފިޔާ ލުން ފަދަ ކަންކަން ކުރެއެވެ. އަދި، ފިނިކުރި ފެނަށް ފިޔާ ލުން، ފިޔާ ކޮށުމުގެ ކުރިން ލުނބޯ ހުތް ނުވަތަ ވިނެގާއިން ފިޔާ ތެންމާލުމާއި، އުއްބަތިއެއް ރޯކޮށްލުން އަދި ފިޔާ ކޮށަމުން ދާއިރު ޓޯސްޓްކުރި ޕާން ފޮއްޗެއްގައި ދަތް އަޅައިގެން ހުރެ ފިޔާ ކޮށުމަކީ ވެސް މި ކަމަށް އޮތް ހައްލެއް ކަމަށް ޑރ. އަބޭ ތިއެލް ވަނީ ބުނެފައެވެ.

ހަމައެއާއެކު ފިޔާ ކޮށުމުގެ ކުރިން 30 ސިކުންތުން ފެށިގެން ވަކި މިނެޓެއް ވަންދެން ފިޔާ މައިކްރޯވޭވް އަކުން ހޫނުކުރުމުން ވެސް ފިޔާ ދިލައިން ލޯ ރައްކާތެރިކޮށްދޭނެއެވެ. ނަމަވެސް ފިޔާ މައިކްރޯވޭވް ކުރަންވާނީ ފިޔާގެ ރަހަ މާ ބޮޑަށް ބޭނުންނުވާ ބާވަތެއްގެ ކެއުމުގައި އެކަނި ކަމަށް ޑރ.އަބޭ ވަނީ ލަފާދީފައެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.