ފާނަ ބަސަންދާއި ހޭންޑް ފުޓް އެންޑް މައުތް ފެތުރެނީ

ހޭންޑް ފުޓް އެންޑް މައުތް ޖެހިގެން ރަތް ބިހި ނަގާފައި

ފާނަބަސަންދު 107 މީހަކަށް ޖެހިފައިވޭ، ހޭންޑް ފުޓް އެންޑް މައުތް ޖެހިފައިވަނީ 35 މީހަކަށް

ރާއްޖޭގައި ފާނަބަސަންދާއި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ފާނަބަސަންދު ޖެހުނު މީހުންގެ އަދަދު މިދިޔަ ހަފުތާއަށް ވުރެ މި ހަފުތާގައި އިތުރުވެފައިވާ ކަމަށެވެ. އެ ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި ޅ. އަތޮޅު އަދި އައްޑޫންނެވެ. މިދިޔަ މަހުގެ 23 އިން 29 އަށް 94 މީހަކަށް ފާނަބަނަސްދު ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭއިން މައުލޭމާތު ދީފައިވެއެވެ. އެ އަދަދު މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ 107 އަށް އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ހިއްސާ ކުރިއެވެ.

ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރިޕޯޓުކުރި މީހުންގެ އަދަދު 35 މީހުންނަށް އިތުރުވެފައިވެއެވެ. ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން އދ. އަތޮޅުންނެވެ. ހޭންޑް ފުޓް އެންޑް މައުތު ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކަރުތެރެ ފާރުވުމާއި ކާހިތް ނުވުމާއި ވަރުދެރަނުވުމާއި އަތްތިލައާ ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެންފޮޅަކަށް ބަދަލުވުން ހިމެނެ އެވެ.

ލޮލު ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ ކުރީ ހަފްތާއަށްވުރެ ވޭތުވެ ދިޔަ ހަފްތާގައި ދަށަށް ގޮސްފައެވެ. ލޮލު ރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ލ. އަދި ފުވައްމުލަކުގަ އެވެ. އެއީ، މިދިޔަ މަހުގެ ފަހުކޮޅު 407 މީހުން އަދި އެއާ ޖެހިގެން އައި ހަފުތާގައި 337 މީހުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.