ސަމާލުވޭ! ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ނަމުގައި ދަރިވަރުން އަތުން ފައިސާ ހޯދަނީ

ކާޑުގެ މައުލޫމާތު ފޯނުގައި ޖަހަނީ

އެދެމުންދަނީ ވިސާ ހަމަޖެއްސުމާއި ޓިކެޓް ގަތުންފަދަ ކަންކަމާއި، އެހެނިހެން ބައެއް ކަންކަން ކުރުމަށް ފައިސާ ބޭނުންވާކަމަށް ބުނެ

ސަރުކާރުން ދޭ ސްކޮލޮޝިޕަށް ނުވަތަ ލޯނު ހޯދުމަށް އެދިފައިވާ ނުވަތަ ލޯނު ދިނުމަށް ހޮވިފައިވާ ދަރިވަރުންނާ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުން ދާކަން ވަނީ ސަމާލުކަމަށް އައިސްފައެވެ.

މިކަން ކުރާ މީހަކު/ބަޔަކު ގުޅަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ ނަމުގައެވެ.

މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދަން އެދެމުންދަނީ ވިސާ ހަމަޖެއްސުމާއި ޓިކެޓް ގަތުންފަދަ ކަންކަމާއި، އެހެނިހެން ބައެއް ކަންކަން ކުރުމަށް ފައިސާ ބޭނުންވާކަމަށް ބުނެއެވެ. އަދި ދަރިވަރުންނަށް ފައިސާ ދޫކުރުން އަވަސް ކޮށްދެވޭނީ ފައިސާ ދިނުމުންކަމަށް ބުނެއެވެ.

ސަރުކާރުން ދޭ ސްކޮލޮޝިޕަކަަށް ވިޔަސް ނުވަތަ ލޯނަކަށް ވިޔަސް ދަރިވަރަކު ހޮވުމަކަށް، އަދި ހޮވިފައިވާ ދަރިވަރެއްގެ އެއްވެސްކަމަކަށް މިނިސްޓްރީއަށް، އެއްވެސް ދަރިވަރަކު، އެއްވެސް ކަމަކަށް، ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި ކަމެއް އަވަސް ކުރުމަކަށްވެސް އެއްވެސް ފައިސާއެއް ދޭކަށެއް ނުޖެހޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ދަރިވަރުންނާއި ގުޅޭ ކަންކަމުގައި މިނިސްޓްރީން މުއާމަލާތް ކުރަމުންދާނީ އެކަމަށް ޚާއްސަކޮށްފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރީޢާއިންނެވެ. ކޮންމެހެން ގުޅަން ޖެހިގެން ބައެއް ޙާލަތްތަކުގައި ފޯނުންވެސް ގުޅަން ޖެހިއްޖެނަމަ ގުޅާނެއެވެ.

އެހެންކަމުން، ދަރިވަރެއްގެ އެއްވެސް ކަމަކާ ގުޅޭގޮތުން ކޯލެއް ލިބިއްޖެ ހިނދެއްގައި، އެ ގުޅާ ނަންބަރަކީ މިނިސްޓްރީގެ ނަންބަރެއްކަން ޔަޤީންވާ ކަމުގައި ވަނީނަމަ ނޫނީ ގުޅާ މީހަކީ މިނިސްޓްރީގެ މުވައްޒަފެއްކަން ކަށަވަރުކުރެވިފައިވާ ޙާލަތުގައި މެނުވީ އެއްވެސް ޒާތީ މަޢުލޫމާތެއް ހިއްސާ ނުކުރުމަށް މިނިސްޓްރީން އެދެެވެ. އަދި އަމުދުން އެއްވެސް ޙާލަތެއްގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެދެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.