ޝްރައްދާ ކަޕޫރު ސްކޫލުގައި ވަރުން ދަވަން ޕްރޮޕޯސް ކުރިކަން އެނގޭތަ

ޝްރައްދާ ކަޕޫރު

ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހަގީގަތުގައި ވެސް ރަނގަޅު ރަހުމަތްތެރިންނެވެ.

ދާދި ފަހުން ވަރުން ވަނީ ބެބީ ޖޯންގައި އޭނާ ދެއްކި ކުޅުމުން އެންމެންގެ ހިތްތައް ތަސައްރަފު ފުދިފައެވެ. މި ފިލްމަށް އަންނަނީ މިކްސްޑް ރިވިއުތަކެއް ލިބެމުންނެވެ. ގިނަ ބަޔަކު އޭނާއަށް ތައުރީފު ކޮށްފައި ވާއިރު، ފިލްމަށް މީހުން ވަނީ އޭނާ ޓްރޯލްކޮށްފަ އެވެ. އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ އެޓްލީ އަދި ޑައިރެކްޓްކޮށްފައިވަނީ ކަލީސް އެވެ.

ވަރުން ދަވަން ދިން އިންޓަވިއުއެއްގައި ހާމަކޮށްފައިވާ ގޮތުގައި ޝްރަދާ ކަޕޫރު އޭނާއާ މެދު ކްރަޝް އެއް އޮތް ކަމަށާއި އޭނާ ޕްރޮޕޯސް ކުރި ކަމަށެވެ. އޭނާ ބުނީ އެކަމަނާގެ ހުށަހެޅުމަށް ދެކޮޅު ހަދާފައިވާ ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށެވެ. އޭނާ ހާމަކުރި ގޮތުގައި ޝްރައްދާގެ ދިހަ ވަނަ އުފަންދުވަހުގެ ޕާޓީގައި އޭނާ އަށް ތަޅައިގަތް ކަމަށާއި އޭނާ އަށް ކަމުދާ ހަތަރު ފިރިހެނުން ތިބި ކަމަށެވެ.

އެމީހުން ޖަމްޕިންގ ބެގް ކުޅެން ތިއްބާ ހަތަރު ކުދިން އޭނާ ވަށާލިއެވެ. އެމީހުން ސުވާލުކުރީ "ކީއްވެތަ ޝްރައްދާ ކަމުނުދަނީ؟" އެއަށްފަހު އޭނާ ވަނީ ނެށުމުގެ މުބާރާތަށް ޝައުގުވެރިވާ ކަމަށް ބުނެފައެވެ. އެމީހުން އިންޒާރު ދިނީ ދެން "ނޫން ނޫން، ކަލޭ ޖެހޭނީ އޭނަ ކަމުދާން" ކަމަށް ބުނެ އެވެ.

އެމީހުން ވަރުދާއާއި މާރާމާރީ ހިންގަން ފެށުމުން އޭނާގެ ގައިގައި ތަޅަމުން ދިޔައެވެ. ވަރުން ޝެއާ ކުރި ގޮތުގައި ޝްރަދާ އޭނާގެ ޕްރޮޕޯސަލް އަށް ދެކޮޅު ހަދަމުން ދިޔައީތީ އޭނާގެ ގައިގައި ތަޅައިގަތެވެ. ވަރުދާ ބުނީ އޭނާ ވެސް ފިރިހެން ކުދިންގެ ގައިގައި ތަޅާފައިވާ ކަމަށާއި އެއީ ފިލްމީ މަންޒަރެއް ކަމަށެވެ. އެއަށްފަހު އޭނާ ނެށުމުގެ މުބާރާތް ކާމިޔާބުކޮށް އެ މުބާރާތް ކާމިޔާބުކުރިއިރު ޝްރައްދާ ވަނީ ތިންވަނަ ހޯދާފައެވެ.

އޭނާ އިތުރަށް ހުޅުވާލީ ޝްރައްދާއާ ދެކޮޅު ހަދަން ނިންމުމުން ހިތާމަކުރި ހާދިސާއެކެވެ. އެއީ ފުރާވަރުގެ ކުދިން ކަމުން އެމީހުން ތިބީ އެކި ސްކޫލްތަކުގައެވެ. އޭނާ އިތުރަށް ބުނީ ޝްރައްދާގެ ސްކޫލުގައި ދަނޑިޔާ މުބާރާތެއް އޮތް ކަމަށާއި އެތަނަށް ގޮސް ވަރަށް ރީތިކޮށް ފެންނަ ޝްރައްދާ ފެނުނު ކަމަށެވެ. އޭނާއަށް ހީވީ އޭނަގެ ނިންމުން ގަބޫލުކުރަންވީހެންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.