ޖިނާއީ މައްސަލަތަކުގައި ލަންކާއާއެކު ގުޅިގެން މަސައްކަތް ކުރާ މުއާހަދާއަށް ރުހުން ހޯދަން މަޖިލީހަށް

މަޖްލިސް ތަޅުން

އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިނާއީ މައްސަލަަތައް ތަހުގީގުކުރުމާއި ޝަރީއަތް ހިންގުމުގައި ދެވެން އޮތް އެހީ ފޯރުކޮށްދޭ މުއާހަދާއެއް

ޖިނާއީ މައްސަލަތަކުގައި ރާއްޖެއިން ލަންކާއާއެކު ގުޅިގެން މަސައްކަތް ކުރަން މުއާހަދާއެއްގައި ބައިވެރިވުމަށް ނިންމައި އެ މުއާދާގައި ބައިވެރިވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެ މުއާދާގައި ބައިވެރިވުމަށް ނިންމައި ރުހުން ހޯދުމަށް އެދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީ މަޖިލީހުގެ އަމީން އާންމު ވަނީ އިއްވަވައިފައެވެ.

މި މުއާހަދާއަށް އަމަލުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށައަޅުއްވައި ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ވަނީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއި، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމަކީ މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށެވެ.

އެ ގައުމެއްގެ ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމަށާއި ޝަރީއަތްތައް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން މި އެއްބަސްވުމުގެ ދަށުން ދެވޭނެ ކަމަށް ސިޓީގައިވެއެވެ.

އެހެންކަމުން އެ މައްސަލައާމެދު މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ. އަދި އެ މައްސަަލަ އިތުރަށް ދިރާސާ ކުރުމަށް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.