ރޮކްޒީ ވާދެމުމުގެ މުބާރަތް
ވަނަ އަހަރުތަކުގައި ދިވެހިންގެ މެދުގައި އެންމެ މަޤްބޫލު އެއް ކުޅިވަރުގެ ގޮތުގައި ފާހަގަކުރެވުނު ހާރުދަން ވާދެމުމުގެ މުބާރާތެއް އަލުން ބޭއްވުމަށް ރޮކްޒީން ވަނީ އިއުލާން ކޮށްފައެވެ.
2000 މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަޟްހާ އީދުގެ މުނާސަބަތުގައި ހުޅުމާލޭގައެވެ.
ފިޝާވިން/ރޮކްޒީގެ ރައީސް މައުލޫމާތު ދެއްވި ގޮތުގައި، "ވާދެމުމަކީ ދިވެހިންގެ ލެޔާއި ޖޯޝު ކައްކުވާލަދިން ކުޅިވަރެއް" ކަމަށާއި، އަލުން އަނބުރާ އެ ކުޅިވަރު އެ ފޯރީގައި ކުރިއަށް ގެންދިއުމަކީ އެފަރާތުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރަށްރަށުގެ ނަމުގައި ވާދަކުރާ ޓީމުތަކަށާއި، ކްލަބް ޖަމްއިއްޔާތަކަށެވެ. ކޮންމެ ޓީމެއްގައިވެސް 10 ކުޅުންތެރިންނާއި 4 އޮފިޝަލުން ހިމެނޭނެއެވެ.
މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މެޗުތައް ކުޅެވޭނީ ކޮންމެ ރެއަކު ރޭގަނޑު 8:00 އިން 12:00 އަށެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މެއި މަހުގެ 25 ވަނަ ދުވަހެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9770107 އަށް ގުޅުއްވުމަށް ވަނީ އަންގަވާފައެވެ.
ކޮމެންޓް