ނިއުދިއްލީގެ ރޭލު ސްޓޭޝަން
ނިއުދިއްލީގެ ރޭލު ސްޓޭޝަނެއްގައި ބާރު ބޮޑުވެ، ދެ ރޭލަކަށް އަރަން އުޅުނު މީހުން ހޭލިމޭލިވެ އުޅުމުގެ ތެރޭގައި ފިތިގެން، 15 މީހުން މަރުވެއްޖެއެވެ.
ނިއުދިއްލީގެ ލޮކް ނަޔަކް ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ.ރީޓޫ ޝާހީނާ ކިޔައިދިން ގޮތުގައި 15 މީހަކު ވަނީ މަރުވެފައިވާ ހާލު ހަސްފަތާލަށް ގެނަސްފައެވެ. އެމީހުން މަރުވެފައި ވަނީ ނޭވާ ހާސްވެގެން ކަމަށް އޭނާ ބުނެއެވެ.
ރޭލްވޭ މިނިސްޓަރު އަޝްގުނީ ވެއިޝްނައު ވިދާޅުވީ ކުމްބު މޭލާއަށް ދިޔަ މީހުން ވަޒަނަށް އެނބުރި ދިއުމަށްޓަކައި ބާރު ބޮޑުވަމުންދާތީ، ނިއުދިއްލީން އިތުރު ރޭލުތަކެއްގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.
މިއަދު ހިނގި މިހާދިސާގައި މަރުވި މީހުންނަކީ ޕްރިޔާގްރާޖަށް ދާ ދެ ރޭލެއް ނަގަން ދެ ޕްލެޓްފޯމްގައި އުޅުނު ބަޔެކެވެ.
ޕްރިޔާގްރާޖަކީ، ބުލްޑޯޒަރު ބޭނުންކޮށްގެން މުސްލިމުންގެ ގެތައް ހަލާލުކޮށްލާ ޔޫޕީގެ ޗީފް މިނިސްޓަރު ހާމުދުރު، ޔޯގީ އެ ސިޓީގެ ނަންބަދަލު ކުރުމުގެ ކުރިން އިލާހްއާބާދު ނަމުން މަޝްހޫރު ސިޓީއެވެ.
ޖެނުއަރީ މަހުގެ ފަހުކޮޅު ވެސް ކުމްބް މޭލާގައި ތޮއްޖެހިގެން 30 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ.
ކުމްބް މޭލާއަކީ ދީނީ އަޅުކަމަކަށް ބުދަށް އަޅުކަން ކުރާމީހުން ކޮންމެ ބާރަ އަހަރަކުން ޕްރަޔަގްރާޖް (އިލާހްއާބާދުގައި) ބާއްވާ އެއްވުމެކެވެ.
މިއަހަރުގެ ކުމްބާ މެލާ ފެށުނީ ޖެނުއަރީ 13 ގައިއެވެ. އަދި ނިންމާލާނީ، 26 ފެބްރުއަރީގައެވެ.
ކޮމެންޓް