އިންތިހާބަކާ ނުލާ ޕީއެންސީގެ 32 ދާއިރާއަކަށް މެންބަރުން ހޮވިއްޖެ

ޕީއެންސީ

32 ދާއިރާގެ ކެންޑިޑޭޓުން އެއްވެސް އިންތިހާބަކާ ނުލާ ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބު ކާމިޔާބުކޮށްފިއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބު ބާއްވާނެކަން އެ ޕާޓީގެ ފަރާތުން އިއުލާނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އެ ޕާޓީން އެ ދުވަހު ބުނީ، ޖުމްލަ 2،095 މެންބަރުން އެ ޕާޓީގެ އެކި މަގާމުފުރާތަކަށް އައްޔަންކުރެވޭނެ ކަމަށެވެ.

އެންމެ ފުރަތަމަ ޕީއެންސީން އިއުލާނުކުރީ އެ ޕާޓީގެ އެތެރޭގެ އިންތިހާބު މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. ނަމަވެސް ދެ ފަހަރު މަތިން ފަސްކުރުމަށް ފަހު ޕީއެންސީން އެތެރޭގެ އިންތިހާބު ބާއްވަން އެންމެ ފަހުން ނިންމީ އަންނަ ހޮނިހިރު ދުވަހުގައެވެ.

މިއަދު ޕީއެންސީން ވަނީ އެ ޕާޓީގެ އެތެރޭގެ 91 ދާއިރާއަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ލިސްޓުތައް އާންމުކޮށްފައެވެ. އެގޮތުން ވަކިވަކި ދާއިރަތަކުން ވާދަކުރި ކެންޑިޑޭޓުންގެ ލިސްޓުތަކުގައިވާ ގޮތުން:

  • 32 ދާއިރާއެއްގެ މަގާމުފުރާތަކަށް އެއްވެސް އިންތިހާބެއް ނެތި މެންބަރުން ހޮވިފައިވޭ

  • އެގޮތުން ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފް ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެފައިވޭ

ވަކިވަކި ސިޓީތަކަށާއި ރަށްރަށަށް ބަލާލާއިރު، ކުޅުދުއްފުށީގެ ދާއިރާތަކަށް ވާދަކުރި ކެންޑިޑޭޓުން ހޮވިފައި ވަނީ އެއްވެސް އިންތިހާބަކާ ނުލައެވެ. އަދި ހޯރަފުށި ދާއިރާގެ ނައިބު ރައީސްކަމަށް އެއްވެސް މެންބަރަކު ކުރިމަތިލާފައި ނުވާ ކަމަށް، ތަރުތީބުކުރި ލިސްޓުގައި ދައްކައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލާފައިވާ މަގާމުފުރާތަކަކީ:

  • ދާއިރާގެ ރައީސާއި ނައިބު

  • ރަށްރަށުގެ / އެއް ރަށް ނުވަތަ އަވަށެއް ހިމެނޭ ދާއިރާއެއްގެ ޒުވާނުންގެ ރައީސާއި އަންހެނުންގެ ރައީސާއި ޒުވާން މެންބަރާއި އާންމު ފަސް މެންބަރުން

ޕީއެންސީގެ ގިނަ ދާއިރާތަކުގައި ރައީސުން އިންތިހާބުނުކުރަނީ ދާއިރާތަކުގެ ރައީސުންނަކީ އެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ މެންބަރުން ކަމަށް ވާތީއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.