އިންގްލޭންޑް
މިރޭގެ މެޗުގައި ޕެނަލްޓީއަށް ދާން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުވެސް އެއް ލަނޑު ޖަހާފައިވުމުން މެޗު އެއްވަރު ވެގެންނެވެ.
އެއްވަރު ވެގެން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި ނަތީޖާއަށް ބަދަލެއް ނައުމުން ދެން ޕެނަލްޓީ ޖެހީއެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސްވިސް ޓީމުންނެވެ. އެއީ އެމްބޯލޯ ޖެހި ލަނޑުންނެވެ. އިންގްލެންޑުން މެޗު އެއްވަރު ކުރީ ބުކާޔޯ ސަކާ އެވެ.
ޕެނަލްޓީގައި އިންގްލެންޑްގެ ފަސް ޕެނަލްޓީވެސް ކާމިޔާބު ކުރިއެވެ. އެއީ ކޯލް ޕާމާ، ބެލިންހަމް، ސަކާ އައިވަން ޓޯނީ އަދި ޓްރެންޓް އަލެކްސަންޑަ އާނޯލްޑްއެވެ. ސްވިޒްލަންޑްގެ ޕެނަލްޓީތަކުން މިސްވމެނުއަލް އަކަންޖީ ފޮނުވާލި ޕެނަލްޓީއެވެ. އެ ޕެނަލްޓީ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރީއެވެ.
ކޮމެންޓް