އިމާދު ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވަގުތީ ސީއީއޯ އަކަށް އައްޔަނުކުރީ ދާޙިލީ ވުޒާރާގެ ޑެޕިިޔުޓީ މިނިސްޓަރ މުޙައްމަދު ރާޝީދު (ރާޑޯ)
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސޯލިހް އެ މަގާމުން ވަކިކޮށްފިއެވެ.
އެންޑީއޭ ޗެއާމަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ލުބްނާ މުހައްމަދު ޒާހިރު "ވަގުތު"އަށް ވިދާޅުވީ، އިމާދު އެ މަގާމުން ވަކި ކުރީ އެންޑީއޭގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި ކަމަށެވެ.
އެންޑީއޭއަށް ވަގުތީ ސީއީއޯއެއް މިހާރު ބޯޑުން ނޮމިނޭޓް ކުރައްވާފައިވާ ކަމަށް ލުބްނާ ފާހަގަކުރެއްވިއެވެ. އެއީ އެ ވުޒާރާގެ ޑެޕިިޔުޓީ މިނިސްޓަރ މުޙައްމަދު ރާޝީދު (ރާޑޯ) އެވެ. އޭނާ ސީއީއޯ މަގާމުގައި ކުރައްވާ މަސައްކަތްޕުޅަށް އެއްވެސް ކަހަލަ އުޖޫރައެެއް ނުނަންގަވާނެ ކަމަށް ލުބްނާ ވިދާޅުވިއެެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ އެންޑީއޭ އެ އަހަރު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ވެސް ކޮށްފައެވެ. ސަރުކާރު ބަދަލުވެ، މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެންޑީއޭ ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
ކޮމެންޓް