ތިން ހަފްތާ ތެރޭގައި އާރްޓީއެލް ޓާމިނަލްތައް ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ހަވާލުކުރަނީ

ތިން ހަފްތާ ތެރޭގައި އާރްޓީއެލް ޓާމިނަލްތައް ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ހަވާލުކުރަނީ

ތިން ހަފްތާ ތެރޭގައި އާރްޓީއެލް ޓާމިނަލްތައް ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ހަ އަތޮޅެއްގެ ހިދުމަތް ދިނުމަށް ޓާމިނަލްތަކެއް އެޅިފައި އެބަހުރި ކަމަށާއި އެހެންނަމަވެސް އެ ޓާމިނަލް ތަކުގައި އެމްޓީސީސީ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައި ވާއިރު އެކަންތަކަށް ކަނޑައެޅިފައި ހުރި އަގުތަކުގެ މައްސަލަ ނުނިމިގެން ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ބައެއް ޓާމިނަލްތައް ހަލާކުވާ ހިސާބަށް ދިޔައިރުވެސް ބޭނުން ނުކުރެވި ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގައި ކަނޑައަޅާފައިވާ އާރްޓީއެލް ސްޓެއަރިން ކޮމިޓީއިން 21 ޓާމިނަލެއް ކައުންސިލްތަކާ ހަވާލުކުރަން މިދިޔަ ހަފްތާގައި ނިންމާފައިވާ ކަމަށާއި އެހެންނަމަވެސް އެ ޓާމިނަލްތައް ހަވާލުކުރަން ނިންމާފައިވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ކަމަށެވެ. އަދި އެ މިނިސްޓްރީއިން ކަނޑައަޅާ އުސޫލުގެ ތެރެއިން ކައުންސިލްތަކާ އެތަންތަން ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި އެ 21 ޓާމިނަލް އެ ކައުންސިލްތަކާ ހަވާލުކުރެވޭނެ ކަމަށާއި ކައުންސިލްތަކުން އެ ޓާމިނަލްތައް ހިންގައިގެން ކޮންމެވެސް ވަރެއްގެ ނަފާއެއް ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.