ބައްދަލުވުމުގެ ތެރެއިން
އެ މަސައްކަތަށް ޓާސްކް ފޯހެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި
ކޮވިޑްގެ ހާލަތުގައި ބަންދުކުރި އައްޑޫގެ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް އެ ރިސޯޓްގެ މެނޭޖްމެންޓާއި ބައްދަލުކޮށް ޓާސްކް ފޯހެއް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް އެ ރިސޯޓްގެ މެނޭޖްމެންޓާއި އެކުގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ޓާސްކް ފޯހެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު ސިނާން، ފޭދޫ ދެކުނު ދާއިރާގެ މެމްބަރު، އިބްރާހިމް ދީދީގެ އިތުރުން، ފޭދޫ އުތުރު ދާއިރާގެ މެމްބަރު، އިސްމާއީލް ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ. ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފައެވެ.
ކޮމެންޓް