ޑަބްލިއުއޭބީސީ ލެވެލް 2 ކޯޗިން ކޯސް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފި

ކޯޗިންގ ކޯހުގެ ބައިވެރިން

އެކަކުން ހަޔަކަށް މާލޭގައި ކުރިއަށްގެންދިޔަ މި ކޯހަކީ ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ، ފީބާގެ ސަރަހައްދީ އޮފީހާއި، މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަނާއި، ކުޅިވަރު ވުޒާރާ ގުޅިގެން ހިންގި ކޯހެއް

ބާސްކެޓްބޯޅަ ކޯޗުންގެ ދުނިޔޭގެ މައި ޖަމިއްޔާ (ޑަބްލިއުއޭބީސީ)ގެ ލެވެލް 2 ކޯޗިން ކޯސް ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި މަހުގެ އެކަކުން ހަޔަކަށް މާލޭގައި ކުރިއަށްގެންދިޔަ މި ކޯހަކީ ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ، ފީބާގެ ސަރަހައްދީ އޮފީހާއި، މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަނާއި، ކުޅިވަރު ވުޒާރާ ގުޅިގެން ހިންގި ކޯހެކެވެ.

މި ކޯސް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ތޮލާލް އެވެ.

ފީބާ ސަޓިފައިޓް އިންސްޓްރަކްޓަރަކާއިއެކު ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ ގައުމީ ޓީމާއި، ފުރަތަމަ ޑިވިޝަންތަކުގެ ކޯޗުން ހިމެނޭހެން 15 ކޯޗަކު ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަންނަނީ ބާސްކެޓްގެ ފަންނީ މާހިރުން ތަމްރީންކުރުމުގެ ގޮތުން ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. މިގޮތުން ކޯޗުންނާއި، ރެފްރީންގެ އިތުރުން ޓޭބަލް އޮފިޝަލުންގެ ގޮތުގައިވެސް ބައިނަލްއަގްވާމީ ފެންވަރަށް ގިނަ ބަޔަކު ވަނީ ތަމްރީންވެފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.