ވަޒީރު ޝިޔާމް ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ އިވެންޓެއްގެ ތެރެއިން
ވުޒާރާގެ ޓީމުތައް މި ހަފްތާ ބަންދުގައި އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާނެ
މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އެގޮތުން އެކްސްގައި އެ ވުޒާރާއިން ކުރި ޕޯސްޓެއްގައި ބުނީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެ މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، މަސްވެރިންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުން އަވަސް ކުރުމަށް އެ ވުޒާރާގެ ޓީމުތައް މި ހަފްތާ ބަންދުގައި އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައަޅައި އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓާވާން ވަނީ ހުޅުވާލައިފައެވެ.
އެ ދަފްތަރުގެ ސަބަބުން މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމާއި ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަމާއި ސަބްސިޑީ ފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓް