މިއަދުގެ ޖަލްސާ ތެރެއިން
ސަރުކާރުގެ ފަރާތުން ބިލު ހުށައެޅުއްވީ ފުވައްމުލަށް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑުގެ ބިލަށް އާންމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ބިލް ހުށައަޅުއްވާފައިވަނީ ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއެވެ. އެ ބިލު މިހާރު އޮތީ މާލިއްޔަތު ކޮމިޓީގައެވެ. އަދި އެ ބިލު ވަނީ ކޮމިޓީން ދިރާސާކޮށް ނިންމާފައެވެ.
އެ ބިލަށް އެއްވެސް ހިޔާލެއް ހުށަހަޅުއްވަން ބޭނުން ނަމަ މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެ ހިޔާލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފައެވެ.
ސޮވެރިން ފަންޑުގެ ގާނޫނު ވުޖޫދުވުމުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެގެންދާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދެވި ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑަށް ޖަމާކުރަނީ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޕްރޮޖެކްޓުތަކަށް ވަންނަ ފައިސާއެވެ.
ކޮމެންޓް