ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހުން ބަލައިގަތުމަށްފަހު ކޮމިޓީއަށް

މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ބަލައިގަނެ، އިޖުތިމާއީ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން އެވެ.

މި ބިލު މަޖިލީހުން ބަލައިގަނެފައިވަނީ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލުގައި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަން ހިމަނާފައިވާއިރު، ގަވާއިދާ ޚިލާފަށް ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެ އެވެ.

ބިލުގައިވާ ގޮތުން، ރަޖިސްޓްރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ވީއްލިގެން އުޅުމަށް ދޫކޮށްލުމާއި، އެފަދަ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން، ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކުން ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، އެ މައްސަލަ ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިފައިވާ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭނެ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.