ސިޔާސީ މަޤާމުތަކުގެ ތަފްސީލު ހާމަކުރަން ގޮވާލާ ކުއްލި މައްސަލައެއް މީކާއީލް ހުށައަޅުއްވައިފި

މަޖިލީހުގެ ތަޅުމުގައި މީކާއީލް ބަހުސް ކުރައްވަނީ

މާލިއްޔަތު ކޮމިޓީގައި މާލީ ވަޒީރު އަރިހުން ސިޔާސީ މަޤާމުތަކުގެ ރަސްމީ އަދަދު ސާފުކޮށްދިނުމަށް އެދުމުން އެ މަޢުލޫމާތު ފޯރުކޮށްދީފައި ނުވޭ

ސިޔާސީ މަޤާމުތަކުގެ ތަފްސީލު ހާމަކުރަން ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މީކާއީލް ނަސީމް ހުށައަޅުއްވައިފިއެވެ.

މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މީކާއީލް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީ އާންމު ކުރައްވާފައެވެ.

އެ ސިޓިގައި މީކާއީލް ވިދާޅުވެފައިވަނީ ކުއްލި މައްސަލައެއް ގޮތުގައި އެ ހުށައެޅުއްވީ މާލިއްޔަތު ކޮމިޓީގައި މާލީ ވަޒީރު އަރިހުން ސިޔާސީ މަޤާމުތަކުގެ ރަސްމީ އަދަދު ސާފުކޮށްދިނުމަށް އެދުމުން އެ މަޢުލޫމާތު ފޯރުކޮށްދީފައި ނުވާތީއެވެ. އަދި ނޫސްވެރިންނާއި އާންމުންގެ ތެރެއިން ބަޔަކު މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އެދުމުންވެސް އެ މަޢުލޫމާތު ފޯރުކޮށްދީފައި ނުވާތީއެވެ.

މީކާއީލް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރާ އަދަދު ހާމަކުރުމަށްވެސް މި ކުއްލި މައްސަލައިގެ ތެރޭގައި ހިމަނާފައެވެ. އެއީ އެ ކުންފުނިތަކަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް އެ ކުންފުނިތަކަށް މުވައްޒަފުން ނަގާފައިވާ ކަމަށް ކުރާ ތުހުމަތުތަކެއް އޮތުމުންނެވެ.

މީސް މީޑިއާގެ އެކި މަންސަތަކުގައި ދަނީ ސަރުކާރުގެ “މަތި ބަރު” ކަމަށް ތުހުމަތުތަށް ކުރަމުންނެވެ. އަދި ސިޔާސީ މަޤާމުތަށް ހައްދެއްނެތި އިތުރު ވެފައިވާކަމަށް ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ސަރުކާރުގެ ސިޔާސީ މަޤާމުތަށް މަދުކުރާނެ ކަމަށް ވަރަށް ފަހުން އިއުލާން ކުރައްވާފައެވެ. އެއީ ސަރުކާރުގެ ރިކަރަންޓް ހަރަދުތަށް ކުޑަ ކުރުމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.