އެއްވެސް ވޯޓެއް ނުލިބުނު ފުރަތަމަ މީހަކަށް ފެޑަރަލް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓަކު ވެއްޖެ

ފެލިކްސް އެންޓޮއިން

ކެނެޑާގައި މިހާތަނަށް ބޭއްވި އިންތިޚާބެއްގައި އެއްވެސް ވޯޓެއް ނުލިބުނު ފުރަތަމަ މީހަކަށް ފެޑަރަލް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓަކު ވެއްޖެއެވެ.

ފެލިކްސް އެންޓޮއިން ހެމަލް ކިޔާ އެ މީހަކީ ޓްރޮންޓޯގެ ބައިއިލެކްޝަންގައި ވާދަކުރި 84 ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓެވެ. އޭނާއަށް އެއްވެސް ވޯޓެއް ލިބިފައެއްނުވެއެވެ.

އިންތިޚާބުގައި އަމިއްލަ ވޯޓު ވެސް އޭނާއަށް ނުދެވުނީ ޓްރޮންޓޯގެ ރައްޔިތަކަށް ނުވާތީއެވެ.

"ނަތީޖާ ފެނުމުން އަހަންނަށް އެނގުނު އަހަންނަކީ ހަގީގީ އެއްބައިވަންތަކަމުގެ ކެންޑިޑޭޓު ކަން. އެންމެން އެއްބަސްވަނީ އަހަންނަށް ވޯޓު ނުދޭން،" ސީބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެމަލް ބުންޏެވެ.

ލައިބްރަރީ އޮފް ޕާލަމެންޓްގެ ޑޭޓާބޭސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ހެމަލްއަކީ ކެނެޑާގެ ތާރީޚުގައި ވެސް ވާދަކުރި އިންތިޚާބެއްގައި އެންމެ ވޯޓެއް ވެސް ނުލިބުނު ފުރަތަމަ ކެންޑިޑޭޓެވެ.

ހަމެލްއާ އެކު ވާދަކުރި އިތުރު އިތުރު ހަ ކެންޑިޑޭޓަކަށް ވެސް ވަނީ ކޮންމެ ކެންޑިޓޭޓަކަށް ދެ ވޯޓު ލިބިފައެވެ.

އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަށް އެހާ ހައިރާންނުވި ނަމަވެސް އޭނާއަށް އެއްވެސް ވޯޓެއް ނުލިބުމަކީ އާދަޔާޚިލާފު ކަމެއްކަން އެނގުމުން މަޖާވި ކަމަށް ހަމެލް ވަނީ ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.