ޒިޔޮނިސްޓް ގްރޫޕްތަކުން ކުރަމުންދާ ހުރުމަތްކެނޑުމުގެ ޢަމަލުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޝަހީމް ގޮވާލައްވައިފި

އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު

ޒިޔޮނިސްޓް ގްރޫޕްތަކުން ކުރަމުންދާ ހުރުމަތްކެނޑުމުގެ ޢަމަލުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޝަހީމް ގޮވާލައްވައިފިއެވެ.

މުޤައްދަސް އަލް-އަޤްޞާ މިސްކިތަށް ހައްދުފަހަނައަޅާފައިވާ ޒިޔޮނިސްޓް ގްރޫޕްތަކުން ކުރަމުންދާ ހުރުމަތްކެނޑުމުގެ ޢަމަލުތައް ކުށްވެރިކުރައްވައި، މިކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

މިނިސްޓަރ ޝަހީމް އެމަނިކުފާނުގެ އަމިއްލަ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ޤަރާރުތަކާއި މުޢާހަދާތަކާ ޚިލާފަށް ކުރަމުންދާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އަލް-އަޤްޞާ މިސްކިތަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައާއި، ތިންވަނައަށް އެންމެ މަތިވެރި މިސްކިތް ކަމުގައިވާއިރު، ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ތާއީދުކުރަމުންނެވެ.

މިނިސްޓަރގެ މި ބަޔާނަކީ ފަހަކަށް އައިސް އިޒްރޭލީ ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކުން އަލް-އަޤްޞާ މިސްކިތަށް ވަދެ ކުރަމުންދާ ޢަމަލުތަކާ ގުޅިގެން އެކަން ކުށްވެރިކުރައްވައި ދެއްވާފައިވާ ބަޔާނެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.